ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަންތަކުގައި އިންސާނީ ހައްގު ނުގެއްލޭނެހެން ޢަމަލުކުރުމަށް ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ގޮވާލައިފި އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަނާއި ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި މިއަދު ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އަދި އެ އޮޕަރޭޝަނުގައި ބައެއް ގައިދީންނަށް އަނިޔާވެފައިވާ ކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގު ކޮށްފައެވެ.
އެކަމާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ވަނީ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިންސާނީ ހައްގު ނުގެއްލޭނެހެން އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކޮށްފައެެވެ. އަދި އިންސާނީ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށާއި، ކަމާއިބެހޭ މުއައްސަސާތަކުން އެކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.
މީގެއިތުރުން ޖަލުތަކުގައި ތިބޭ ފަރާތްތަކުންވެސް ކަމާގުޅުންހުރި މުއައްސަސާތަކަށް އެއްބާރުލުން ދިނުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި މިހާތަނަށް 14 މީހުން ހައްޔަރު ކޮށްފައިވެއެވެ.
މީގެ ތެރެއިން ހަމަލާއާ ސީދާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނަވަރު އާންމުކޮށްފައި ވަނީ ހަތަރު މީހުންގެ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް 23، އެވެ. ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަން މިއަދު ވަނީ ނިންމާލައިފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން ބުނީ މާލެ ޖަލާއި މާފުށި ޖަލުގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ 6 މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ.
އޮޕަރޭޝަން ކުރިއަށްދިޔައިރު ޖަލުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ކުރިއަށްދިޔަކަމަށް ޚަބަރު ފެތުރުނެވެ. ނަމަވެސް ފުލުހުން ބުނީ އޮޕަރޭޝަން ކުރިއަށްދިޔައިރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން ފުލުހުންނާއި ސިފައިން، މިސަރވިސްއާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ވަނީ ނިންމާލެވިފައި.
— Maldives Correctional Service (@CorrectionsMv) June 12, 2021
ކިޔުންތެރިންގެ ހިޔާލު