ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ސީނިއަ ލީޑަރަކީ ރައީސް، މުހަންމަދު ނަޝީދު ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދިފާއުގައި ކުރީގެ ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު ތެދުވެވަޑައިގެންފިއެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތަށް ބޮޑުވެ ޕާޓީ ދެބައިވެފައިވާ މި ދަނޑިވަޅުގައި ކުރީގެ ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު ވިދާޅުވީ، އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަކީ އެޕާޓީގެ އެންމެ ސީނިއާ ލީޑަރު ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތަކާއި ޕާޓީ ގަބޫލުކުރާ ހަމަތަކަށް ތަބާވޭތޯ ބަލައި ޕާޓީ ހިގަނީ އަސާސީ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމަކީ އެމަނިކުފާނުގެ ޒިންމާ އެއްކަމަށް މަލީހު ވިދާޅުވިއެވެ.

"އުކުޅަހު ބަޣާވަތް ތަހުގީގުކުރޭ." އެމްޑީޕީގެ ރިޔާސީ ޓިކެޓް މިހާރުގެ ރައީސް، އަދި އޭރުގެ ޕީޖީ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހަށް ދިނުމަށް ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި، މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން މަގާމުން ދުރުކުރި މަލީހު ވިދާޅުވިއެވެ.



އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ ތާއީދާއެކު މަޖިލީހުން ވޯޓެއްގައި ނަގައިގެން ވަޒީރުކަމުން ވަކިކުރި ފަހުން މަލީހު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މަލީހަކީ މިހާރުގެ ކޯލިޝަން ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް އުކުޅަހުގައި ބޭއްވި ހަރަކާތަކީ ބަޣާވާތެއް ކަމަށް މަލީހު ސިފަކުރަށްވާފައިވާއިރު އެމްޑީޕީގެ އުސޫލުތަކާއި ހަމަތަކާއި ކަނޑައެޅިގެން ޚިލާފުވާ މެމްބަރުންނާއި މެދު ފިޔަވަޅު އަޅައި ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރު ރައީސް މުހަންމަދު ނަޝީދު ގެންގުޅުއްވާ އެލެކްސް އަހުމަދުގެ ޓުވީޓާއެކައުންޓުން ވަނީ ދީފައެވެ. އެމްޑީޕީ ބައިބައިވާނެ ސަބަބެއް ނުވިސްނޭ ކަމަށާއި، ފިޔަވަޅުއަޅާ ކޮމިޓީގެ ބޭނުމަކީ ޕާޓީގެ އަސާސްތަކާ ޚިލާފްވާ މެންބަރުންނަށް ފިޔަވަޅު އަޅައި ޕާޓީން ވަކިކުރުން ކަމަށް އެލެކްސް އަހުމަދު ބުނެފައި ވެއެެެވެ. އެމްޑީޕީ އަކީ މެންބަރުންގެ ޕާޓީއެއް ކަމަށާއި، އަދި ޕާޓީގެ ކަންތައްތައް ނިންމަނީ މެންބަރުންގެ ވޯޓުން ކަމަށް ވެސް އެލެކްސް ބުނެފައި ވެއެވެ. އަދި އެއީ ޤައުމީ މަޖިލީހާއި ޕާލިމެންޓަރީ ގްރޫޕުން ނިންމާ ނިންމުންތަކެއް ނޫންކަމަށް އެލެކްސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން