މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް މިސްކިތްތަކުގައި ނިދައި، އަދި މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި ކުރީގެ އިސްލާމިކް މިިނިސްޓަރު އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިސްކިތްތަކަކީ މަތިވެރި ގަދަރެއް ލިބިފައިވާ މާތްﷲ ގެ ގެކޮޅުތައް ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރުން ފަދަ އަމަލުތައް މާތް ﷲގެ ގެކޮޅުތަކުގައި ހިނގިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނަށް ތެދުމަގާއި، ހެޔޮގޮތް ހޯދައިދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އަތުގައި ހިފައި އެމީހުންނަށް ތެދުމަގާއި ހެޔޮގޮތް ހޯދައިދީ އެއަށްފަހު ވަޒީފާގެ ފުރުސަތުތަކާއި ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ފަރުދުންނާއި މުޖުތަމައާއި މުވައްސަސާތަކުގެ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ." އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.
މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަސްތުވާތަކެތި ފޮރުވާފައި ބަހައްޓަނީ ޚަތިމުގެ ތެރޭގައި ކަމަށް މިސްކިތަށް ނަމާދަށްދާ މީހަކު ވަނީ ބުނެފައެވެ. ފުލުހުންގެ އިދާރާއިން ބުނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދައި، އެއްޗެހި ދޮވެ މިސްކިތް ބޭނުން ކުރުން އެކަށީގެން ނުވާ އެހެނިހެން ބޭނުންތަކަށް މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ. އަދި ކޮންމެ ރެޔަކު ވެސް މިސްކިތްތައް ބަލައި މިސްކިތް އެގޮތަށް ބޭނުން ކުރާ ފަރާތްތައް ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު އެ މައުލޫމާތު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާވެސް ހިއްސާކޮށް ހައްލެއް ހޯދުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު