ވަކި މީހަކު ބުނެގެން ނުވަތަ ވަކި މީހެއްގެ ފޮޓޯ ދައްކައިގެން ރައްޔިތުން ވޯޓްދިން ޒަމާން މާޒީވެ ގޮސްފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް، އަދި އެމްޑީޕީގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. އިބްރާހިމް ދީދީ ވިދާޅުވީ، ވަކި މީހަކު ބުނެގެން ނުވަތަ ވަކި މީހެއްގެ ފޮޓޯ ދައްކައިގެން ރައްޔިތުން ވޯޓްދިން ޒަމާން މާޒީވެ ގޮސްފައިވާ ކަމަށެވެ. އަދި އެކަން ވަރަށް ރަނގަޅަށް ރައްޔިތުން ސާބިތު ކޮށްދެމުންދާ ކަމަށް ޑރ. އިބްރާހިމް ދީދީ ވިދާޅުވިއެވެ.
ޑރ. އިބްރާހިމް ދީދީ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވުނީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ފޮޓޯ ދައްކައިގެން ކަމަށެވެ. އަދި ރައީސް، މުހަންމަދު ނަޝީދާއި ދެކޮޅަށް މަސައްކަތްކުރާ ބައެއް މެމްބަރުން ލަދު ގަންނަންޖެހޭނެ ކަމަށްވެސް އެފަދަ ފަރާތްތަކުން ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގައި މިފަދަ ޚިޔާލުތަފާތުވުމެއް އޮތްކަން ފެންމަތިވީ ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށައެޅުއްވި މައްސަލައެއް ކޮމިޓީން ނުބަލަން ނިންމުމުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ވޯޓު ދެއްވުމާއި ގުޅިގެންނެވެ. މިމައްސަލައިގައި އެމްޑީޕީގެ ތެރޭގައި ދެފެކްޝަނެއް އޮތްކަން ހާމަވެ ދެފަރާތުން ގެންދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެމްޑީޕީގެ ލީޑަރޝިޕުން ވެސް މިހާރުވަނީ އެމްޑީޕީގެ އެތެރޭގައި ދެފިކުރެއް އޮތްކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

Vaki meehaku bunegen vote dhinumaa foto dhakkaigen vote dhin zamaan maazeeve gossi! Ekan v rangalhah Rayyithun dhanee saabithu koh dhemun!
— Dr.Ibrahim Didi (@ibrahim_didi) June 12, 2021
ޑރ. އިބްރާހިމް ދީދީ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވުނީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ފޮޓޯ ދައްކައިގެން ކަމަށެވެ. އަދި ރައީސް، މުހަންމަދު ނަޝީދާއި ދެކޮޅަށް މަސައްކަތްކުރާ ބައެއް މެމްބަރުން ލަދު ގަންނަންޖެހޭނެ ކަމަށްވެސް އެފަދަ ފަރާތްތަކުން ވިދާޅުވެފައެވެ.
އެމްޑީޕީގެ އެތެރޭގައި މިފަދަ ޚިޔާލުތަފާތުވުމެއް އޮތްކަން ފެންމަތިވީ ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހުށައެޅުއްވި މައްސަލައެއް ކޮމިޓީން ނުބަލަން ނިންމުމުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ވޯޓު ދެއްވުމާއި ގުޅިގެންނެވެ. މިމައްސަލައިގައި އެމްޑީޕީގެ ތެރޭގައި ދެފެކްޝަނެއް އޮތްކަން ހާމަވެ ދެފަރާތުން ގެންދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެމްޑީޕީގެ ލީޑަރޝިޕުން ވެސް މިހާރުވަނީ އެމްޑީޕީގެ އެތެރޭގައި ދެފިކުރެއް އޮތްކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު