ރޮޒައިނާގެ ދެކަނބަލުން ރައީސް ސޯލިހާއެކު
ރޮޒައިނާގެ ދެކަނބަލުން ރައީސް ސޯލިހާއެކު
ވެރިމީހާ "ގަނޑެއް" ގަންނަނަމަ އެކަމާ ދެކޮޅަށް ނުކުންނަވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ޗީފް ވިޕް އަދި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އޭނާއަކީ އަބަދުވެސް ކަން އޮތްގޮތަށް ވާހަކަ ދައްކާ މީހެއް ކަމަށާއި އޭނާއަކީ ކަންކަން އެނގިވަޑައިގެން ހުންނަވައި މީހުންނަށް އޮޅުވާލައިގެން ހަދަހަދައިގެން ވާހަކަ ދައްކާ މީހެއް ނޫން ކަމަށެވެ. އެގޮތުން ވެރިމީހާ ވެސް ގަނޑެއް ގަންނަނަމަ އެކަމާ ދެކޮޅަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.

"ކަން އޮތް ގޮތަށް ބުނާނީ، ވަރަށް ގިނަ ފަހަރު އެގޮތަށް ބުނާތީ ހިތްހަމަނުޖެހޭ މީހުން ވެސް އުޅޭ،" ރޮޒައިނާ ވިދާޅުވިއެެވެ.

މީގެ އިތުރުން ރޮޒައިނާ ވަނީ އަމިއްލަ ފުޅަށް އިސް ނަންގަވައިގެން ރައީސް ސޯލިހާއި އެއްވަރަށް ސަރުކާރުގައި ތިބި ބޭފުޅުންނަށް ފިޔަވަޅު އެޅުއްވި އެހެން ވެރިއަކު ދައްކައިދިނުމަށް އެދިވަޑައިގެންފައެވެ.

"އެއީ ތަފާތަކީ، ވަގުން އަބަދުވެސް އުޅޭނެ، އޭސީސީ ވެސް އޮންނަނީ އެހެންވެ." ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރު ދިފާއު ކުރައްވައި ރޮޒައިނާ ވާހަކަ ދެއްކެވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިފަހުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވަނިކޮށެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، ޕާޓީ ދެބައިވީ އެޕާޓީން ވަޢުދުވީ ކަންތައްތައް ކުރުމަށް ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި، ސަރުކާރުން އެމްޑީޕީ އެއްކައިރިކުރުމުން ޕާޓީ ދެބައިނުވެ ނޯންނާނެ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެކަން އެގޮތަށް ދިމާވީ ޕާޓީގެ ރައީސް، ރައީސް މުުހަންމަދު ނަޝީދާއި އަދި ޕާޓީވެސް އެއްކައިރިކޮށް ސަރުކާރު ހިންގާތީ ކަމަށް ހަސަން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން