ސަރުކާރު ހިންގުމުގައި މަޖިލީހުގެ މެމްބަރުން ބައިވެރިކޮށް ބައްސަން ނުޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ މެމްބަރުން ސަރުކާރު ހިންގުމުގައި ބައިވެރިނުކޮށްގެން ޝަކުވާ ކުރުމަކީ ދެރަވަރު ކަމެއް ކަމަށެވެ.
"ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލހުގެ މެންބަރުން ބައިވެރިކޮށް ބައްސާ ހަދާކަށްނުޖެހޭ. ސަރުކާރު ޒިިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވަންތިބޭ ބަޔަކު ސަރުކާރު ހިންގުމުގައި ބައިވެރި ނުކޮށްގެން ޝަކުވާކުރުމަކީ ދެރަވަރު ކަމެއް." އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވެފައިވަނީ، ދާދިފަހުން ސަރުކާރު ހިންގުމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ޕާޓީ ބައިވެރިނުކުރާ ކަމަށް ވިދާޅުވެ ޗެއާޕާސަން ހަސަން ލަތީފު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވަނިކޮށެވެ. ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ދެބައިވީ ޕާޓީގެ ރައީސް، ރައީސް މުުހަންމަދު ނަޝީދާއި ޕާޓީވެސް އެއްކައިރިކޮށް ސަރުކާރު ހިންގާތީ ކަމަށެވެ.
ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް ދީފައިވަނީ އެމްޑީޕީއަށެވެ. ސަރުކާރު ފަށައިގަތް އިރު ސަރުކާރުގެ މަގާމުތަކުގެ 40 އިންސައްތަ އެމްޑީޕީއަށް ދޭ ގޮތަށް އެއްބަސްވެފައި އޮތް ނަމަވެސް މިހާރު ސަރުކާރުން އެޕާޓީއަށް ހިއްސާވާ މިންވަރު އެއަށްވުރެ ބޮޑުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު