ކޯވިޑާއި ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީފިއެވެ.
އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ކޯވިޑްގެ ހާލަތަށް ބެލުމަށްފަހު އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރެވޭނެ ވަގުތު ހަވީރު 6:00 ޖެހުމާއި ހަމައަށް އިތުރު ކުރުމަށް ނިންމާފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.
ނަމަވެސް ކާފިއު ގަޑީގައި، މަސައްކަތްކުރާ ސައިޓުން އެހެން ތަނަކަށް ދެވޭނީ ކޮންސްޓްރަކްޝަން ކުންފުނީގެ ހުއްދަ ދެވިފައިވާ ވެހިކަލެއްގައި ނުވަތަ ހަމަޖައްސާ އިންތިޒާމެއްގެ ދަށުންނެވެ.
މީގެ އިތުރުން ޑެލިވަރީ އަދި ޓޭކްއަވޭ ގަޑިވެސް ވަނީ އިތުރުކޮށްފައެވެ. ކުރިން އައްޑޫގައި ޑެލިވަރީ ކުރެވެނީ ރޭގަނޑު 8:00 ޖެހުމާއި ހަމައަށް ނަމަވެސް މިހާރު 10:00 ޖެހުމާއި ހަމައަށް ވަނީ ޑެލިވަރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި އައްޑޫގެ ވަކިން އޮންނަ ހުޅުމީދޫގެ ރައްޔިތުންނަށް ދަތިތަކެއް ހުރުމާއެކު، ހަފްތާއަކު ދެދުވަހު ގުޅިފައިވާ ރައްތަކަށް ފެރީ ދަތުރު ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެގޮތަށް ދަތުރު ކުރެވޭނީ ޒަރޫރީ ހާލަތުގައި އެސްއެސްޑީ ހުއްދަ ލިބިގެންކަން އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެއެވެ.
"ދަތިކަން އެބަހުރި ގެއްލުންތައްވެސް އެބަހުރި. ކުދި ވިޔަފާރިތަކަށްވާ ގެއްލުންތަކެއް ވެސް އެބަހުރި. ވިޔަފާރިވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް ޕެޓިޝަނެއް ވެސް ގެނެވުނު. ޕެޓިޝަނުގައިވާ ގޮތަށް ޑެލިވަރީ ވަގުތު އިތުރުކޮށް މިދިނީ." ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ޖަމާޢަތުގައި ނަމާދު ކުރަން ފުރުސަތު ދިނުމަށް ނިންމި ނަމަވެސް އެކަން މަޑު ޖައްސާލަން ވަނީ ނިންމާފައެވެ. އައްޑޫގައި މިވަގުތު ޖަމާޢަތުގައި ނަމާދު މެދުކަނޑާލުމުގެ އިތުރުން ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް ހިންގައެވެ.

މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 03 ވަނަ ރަސްމީ ޖަލްސާގެ ތެރެއިން
— Addu City Council (@AdduCityCouncil) June 9, 2021
From the 03rd sitting of the fourth term of Addu City Council held today pic.twitter.com/QYcR82h7cz
"ދަތިކަން އެބަހުރި ގެއްލުންތައްވެސް އެބަހުރި. ކުދި ވިޔަފާރިތަކަށްވާ ގެއްލުންތަކެއް ވެސް އެބަހުރި. ވިޔަފާރިވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް ޕެޓިޝަނެއް ވެސް ގެނެވުނު. ޕެޓިޝަނުގައިވާ ގޮތަށް ޑެލިވަރީ ވަގުތު އިތުރުކޮށް މިދިނީ." ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ޖަމާޢަތުގައި ނަމާދު ކުރަން ފުރުސަތު ދިނުމަށް ނިންމި ނަމަވެސް އެކަން މަޑު ޖައްސާލަން ވަނީ ނިންމާފައެވެ. އައްޑޫގައި މިވަގުތު ޖަމާޢަތުގައި ނަމާދު މެދުކަނޑާލުމުގެ އިތުރުން ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް ހިންގައެވެ.
ކިޔުންތެރިންގެ ހިޔާލު