އުތުރުގެ ރަށެއްގައި ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރު ހުރީ ސަސްޕެންޑްކޮށްފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އުތުރު ރަށެއްގައި އަންހެން ޓީޗަރަކު އޭނާގެ 16 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ ފެންމަތިވުމާއެކު ޓީޗަރު ވަނީ މަސައްކަތުން އެކަހެރިކޮށްފައިކަމަށެވެ. އަދި އެކަން ލިޔުމުންވެސް އަންގާފައިވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

އުތުރު ރަށެއްގައި ދަރިވަރަކަށް ޓީޗަރަކު ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހުގެރެއެވެ. މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ އެ ޓީޗަރުގެ ފަރާތުން އެހެން ދަރިވަރުންނަށްވެސް ޖިންސީ ގޯނާ ލިބިފައިވާކަމަށް ބެލެވޭކަމަށެވެ.

ރަސް އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ތުހުމަތުކުރެވޭ 25 އަހަރުގެ އަންހެން ޓީޗަރަކީ އެކަން ހިނގި ރަށުގެ މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ. އަދި މިމައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ އެ ރަށް ދޫކޮށް ގޮސްފައެވެ. ނަމަވެސް މިމައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރިކަމެއް ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން