ބިލެތްފަހި ބަނދަރު
ބިލެތްފަހި ބަނދަރު
އެމްޓީސީސީން ށ ބިލެތްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ށ ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން 24،125 ކިއުބިކް މީޓަރު ސަރަހައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 376 މީޓަރު ސަރަހައްދުގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވާއިރު، 98 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށިލާނެއެވެ. އަދި 1150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި މަގުބައްތި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ ށ ބިލެތްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 28.42 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބަނދަރު ހެދުމުގެ އިތުރުންވެސް އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ. މި މަޝްރޫޢުތަކުގެ ޖުމްލަ އަގު 4 ބިލިއަން ރުފިޔާއަށް އަރާކަމަށް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު