އެކްސިޑެންޓްވި ކާރު
އެކްސިޑެންޓްވި ކާރު
އެމެރިކާގެ ފްލޮރިޑާގައި އުމުރުން ދުވަސްވީ މީހަކު ދުއްވި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ޕާކްކޮށްފައި ހުރި ކާރުތަކެއްގެ މައްޗަށް އަރައިފިއެވެ.

އެމެރިކާގެ ފްލޮރިޑާގެ ސަންޓްރަސްޓް ބޭންކުގެ ގޯތި ތެރޭގައި ކާރުދުއްވަން އޮންނަ މަގުގައި އުމުރުން ދުވަސްވީ މީހަކު ދުއްވަން އިން ކެޑިލެކް ކާރު މާދުރުގައި ޕާކް ކޮށްފައި ހުރި ކާރު ތަކެއްގެ މައްޗަށް އެރީ އޭނާއަށް އޮޅިގެން ކާރު ފަހަތަށް ދުއްވާލުމުގެ ސަބަބުންނެވެ. ކުރީ ގިއަރަށް ލެވުނު ކަމަށް ހީކޮށް މާ ބާރަށް ރޭސްދީ ދުއްވާލެވުމުން ކާރު މަގުމައްޗަށް ނުކުމެގެން ގޮސް މާދުރުގައި، ޕާކް ކުރާ ތަނެއްގައި ޕާކުކޮށްފައި އޮތް ދެ ކާރެއްގެ މައްޗަށް އެރީއެވެ.

ގަލްފްނޫހުގައި ރިޕޯޓުކޮށްފައިވާގޮތުގައި މި ކާރު އަރާފައިވަނީ ވޯކްސްވޭގަން ޖެޓާއަކާއި، ޑޮޖް ޖާނީ އެއްގެ މައްޗަށެވެ.

މި އެކްސިޑެންޓްވި ކްޑިލެކް އެކްސްޓީއެކްސް ކާރަށް މާބޮޑު ގެއްލުންތަކެއް ނުލިބުނު ނަމަވެސް އޭތި އެރި ދެކާރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް، ފުލުހުން ގެންދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން