ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން ތިމާވެއްޓާއި ރައްޓެހި ހަކަތައާއި ދިމާލަށް ދިއުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސޯލާޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެެވެ.
ސްޓެލްކޯއިން ބުނީ މިމަސައްކަތްތަކުގެ ތެރެއިން 59.4 ކިލޯވަޓުގެ ސޯލާޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ހެޔޮއަގެއްގައި އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ގަނެވޭނެ އިންތިޒާމްވެސް ސްޓެލްކޯއިން ހަމަޖައްސައިދީފައި ވާނެ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލްމަހުއެވެ. މިޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ކަަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މިޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލައި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ކަރުދާސް މަދުކުރުން ނުވަތަ ޕޭޕާލެސް ޓްރާންސިޝަންތަކަށް އިސްކަން ދޭންފަށާފައެވެ.

ތިމާވެއްޓާއި ރައްޓެހި ހަކަތައާއި ދިމާލަށް މިކުންފުނި ދީލާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 59.4kW ގެ ސޯލާޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ހެޔޮއަގެއްގައި އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ގަނެވޭނެ އިންތިޒާމްވެސް މިކުންފުނިން ވާނީ ހަމަޖައްސަދީފައި. pic.twitter.com/RkFIghn2Cv
— STELCO (@STELCOMALDIVES) June 13, 2021
ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލްމަހުއެވެ. މިޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ކަަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މިޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލައި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ކަރުދާސް މަދުކުރުން ނުވަތަ ޕޭޕާލެސް ޓްރާންސިޝަންތަކަށް އިސްކަން ދޭންފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު