ދިވެހިންގެ ބައިވެރިވުމެއްނެތި ބޭރު ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭ ގޮތްހެދުމަށް ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ގެނައި އިސްލާހުގައި ވަނީ، 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ ކުރިން އެފްޑީއައި ޕޮލިސީގައި ކަނޑައަޅާފައި އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ނުކުރެވޭ ގޮތަށެވެ. އެގޮތުން ކުރިން އޮންނަ ގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ އެންމެ ބޮޑުވެގެން ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
މިއަދު ގެޒެޓްކުރި އިސްލާހުގައި ބުނެފަވާގޮތުން، ފްރައިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ އެވެ. މިއާއިއެކު ޓާމިނަލް ފެސިލިޓީސް ހިމެނޭހެން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުމާއި، އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.
މިފަދަ އިންވެސްޓުމެންޓުތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، ސަރުކާރުން ހުއްދައާއިއެކު މިފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ އެވެ.
ބޭރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓްތައް ހިންގޭ ގޮތަށް ހުއްދަ ދޭގޮތަށް ސަރުކާރުން ނިންމިއިރު ރާއްޖޭގެ ބައެއް ވައިގެ ބަނދަރުތައް އަވަށްޓެރި އިންޑިއާގެ ކުންފުނިތަކާއި އިންޑިއާ ސިފައިން ހިންގަން ދޭން ސަރުކާރުން ވާހަކަ ދައްކަމުންދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު