ސަޢޫދީ ޢަރަބިއްޔާއިން ތައްޔާރުކޮށްފައިވާ "ތަވައްކަލްނާ" އެޕްލިކޭޝަން ބޭނުންކުރެވޭ ފުރަތަމަ 74 ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ތަވައްކަލްނާ އެޕްލިކޭޝަނަކީ ކޮވިޑް-19 އާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓްރީއިން އެޕްރޫވްކޮށް، އެންމެހާ ފަރާތްތަކުގެ ސިއްހީ ޙާލަތު ދެނެގައުމަށާއި، ކޮންޓެކްޓް ޓްރޭސިންއަށް ސަޢޫދީ ޢަރަބިއްޔާގައި ރަސްމީކޮށް ބޭނުންކުރާ އެޕްލިކޭޝަނެވެ. ސަޢޫދީގައި އެއްތަނުން އަނެއްތަނަށް ވަދެ ނިކުތުމުގެ ހުއްދަ ދެނީ މި އެޕްލިކޭޝަން މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ދެނެގައުމަށްފަހުއެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެޕްލިކޭޝަން ބޭނުން ނުކުރާ ފަރާތްތަކަށް ސަޢޫދީ ޢަރަބިއްޔާގެ އާންމު ތަންތަނަށް ވަދެނުކުމެ ނުހެދޭގޮތަށް ސަޢޫދީ ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި އެޕްލިކޭޝަން 74 ޤައުމަކަށް ސަޢޫދީން ހުޅުވާލާފައިވާއިރު، ދިވެހިރާއްޖޭގެ އިތުރުން އަވަށްޓެރި، އިންޑިއާ އަދި ސްރީލަންކާވެސް މިލިސްޓުގައި ހިމެނިފައިވެއެވެ. ސަޢޫދީޢަރަބިއްޔާގެ ރައްޔިތުން މި 74 ގައުމަށް ދަތުރުކުރާއިރު، އަދި މިގައުމުތަކުގެ ރައްޔިތުން ސަޢޫދީޢަރަބިއްޔާއަށް ދަތުރުކުރާއިރު މި އެޕްލިކޭޝަން ބޭނުންކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން