ބޭރުގެ ފަރާތްތަކުން ރާއްޖޭގެ އެއަރޕޯޓްތައް ހިންގުމުން ހުރިހާ ގޮތަކުންވެސް ލިބޭނީ ގެއްލުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ދިވެހިންގެ ބައިވެރިވުމެއްނެތި ބޭރު ކުންފުނިތަކަށް ރާއްޖޭގެ އެއަރޕޯޓްތައް ހިންގޭ ގޮތްހެދުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެނެވެ.
ޑރ. ޝަހީމް ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލަން 300 މިލިއަން ޑޮލަރ ރައީސް ޔާމީންގެ ސަރުކާރުން ދެއްކެވުމަށްފަހުދުނިޔޭގެ އެންމެ ބޮޑެތި ބޯޓް ޖެއްސޭ ވަރަށް ރަންވޭ ބޮަޑު ކުރައްވައި އެއް ބިލިއަން ޑޮލަރުގެ އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢު ފެއްޓެވިކަމަށެވެ. އަދި އެތަން ނިމޭއިރު މި ސަރަޙައްދުގައި ފާހަގަކޮށްލެވޭ ތަނަކަށް އެއަރޕޯޓް ވެގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ގިނަ އެއަރޕޯޓްތަކެއް އަޅުއްވައި ތަރައްޤީކުރައްވައި ފަތުރުވެރިކަން ފުޅާކުރެއްވިކަމަށެވެ.
ޝަހީމް ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ވިއްކާނުލައި ދިވެހިން އަމިއްލައަށް ޤައުމު ތަރައްޤީކުރެވޭނެކަމަށެވެ. އަދި ދިވެހިންގެ ކިބައިގައި އެ ވިސްނުމާއި ޢިލްމީ ޤާބިލުކަމާއި ތަޖުރިބާވެސް އެބަހުރިކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ ރާއްޖޭގެ ވައިގެ ބަނދަރުތައް ބޭރުގެ ކުންފުނިތަކަށް ހިންގޭ ގޮތަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. އެއީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމާމެދު ޝައްކެއް ނެތްކަމަށާއި އިޤުތިޞާދީ ނަޒަރުން ބެލި ނަމަވެސް އެއީ ދިވެހި ދައުލަތަށް ގެއްލުންވާނެކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުގައި ވަނީ، 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ ކުރިން އެފްޑީއައި ޕޮލިސީގައި ކަނޑައަޅާފައި އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ނުކުރެވޭ ގޮތަށެވެ.

ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލަން 300 މިލިއަން ޑޮލަރ ރ ޔާމީންގެ ސަރުކާރުން ދެއްކެވި . އެއަށް ފަހު ދުނިޔޭގެ އެންމެ ބޮޑެތި ބޯޓް ޖެއްސޭ ވަރަށް ރަންވޭ ބޮަޑު ކުރައްވައި 1 ބިލިއަން ޑޮލަރގެ އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢު ފެއްޓެވި.
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 14, 2021
ޑރ. ޝަހީމް ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލަން 300 މިލިއަން ޑޮލަރ ރައީސް ޔާމީންގެ ސަރުކާރުން ދެއްކެވުމަށްފަހުދުނިޔޭގެ އެންމެ ބޮޑެތި ބޯޓް ޖެއްސޭ ވަރަށް ރަންވޭ ބޮަޑު ކުރައްވައި އެއް ބިލިއަން ޑޮލަރުގެ އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢު ފެއްޓެވިކަމަށެވެ. އަދި އެތަން ނިމޭއިރު މި ސަރަޙައްދުގައި ފާހަގަކޮށްލެވޭ ތަނަކަށް އެއަރޕޯޓް ވެގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
އެތަން ނިމޭއިރު މި ސަރަޙައްދުގައި ފާހަނގަކޮށްލެވޭ ތަނަކަށްވާނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 14, 2021
މީގެ އިތުރުން ރާއްޖޭގައި ގިނަ އެއާޕޯޓްތަކެއް އަޅުއްވައި ތަރައްޤީކުރައްވައި ފަތުރުވެރިކަން ފުޅާކުރެއްވި.
ޝަހީމް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ގިނަ އެއަރޕޯޓްތަކެއް އަޅުއްވައި ތަރައްޤީކުރައްވައި ފަތުރުވެރިކަން ފުޅާކުރެއްވިކަމަށެވެ.
ޝަހީމް ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ވިއްކާނުލައި ދިވެހިން އަމިއްލައަށް ޤައުމު ތަރައްޤީކުރެވޭނެކަމަށެވެ. އަދި ދިވެހިންގެ ކިބައިގައި އެ ވިސްނުމާއި ޢިލްމީ ޤާބިލުކަމާއި ތަޖުރިބާވެސް އެބަހުރިކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ވައިގެ ބަނދަރުތައް 100% ބޭރުގެ ކުންފުނިތަކުން ހިނގޭ ގޮތައް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލަން. އެއީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމާމެދު ޝައްކެއްނެއް. އިޤުތިޞާދީ ނަޒަރުން ބެލި ނަމަވެސް އެއީ ދިވެހި ދައުލަތައް ގެއްލުންވާނެކަމެއް .
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 14, 2021
ޝަހީމް ވަނީ ރާއްޖޭގެ ވައިގެ ބަނދަރުތައް ބޭރުގެ ކުންފުނިތަކަށް ހިންގޭ ގޮތަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. އެއީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމާމެދު ޝައްކެއް ނެތްކަމަށާއި އިޤުތިޞާދީ ނަޒަރުން ބެލި ނަމަވެސް އެއީ ދިވެހި ދައުލަތަށް ގެއްލުންވާނެކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުގައި ވަނީ، 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ ކަމަށެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ ކުރިން އެފްޑީއައި ޕޮލިސީގައި ކަނޑައަޅާފައި އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ނުކުރެވޭ ގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު