ސަރުކާރުން މިހާރު ކުރަމުންދާ ބައެއް ކަންކަމަކީ ޤައުމެއް ބަނޑަށް ޖެހުނީމަ ކުރާކަހަލަ ކަންކަންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ބޮންޑާ ވިދާޅުވެއްޖެއެވެ.
ބޮންޑާ މިހެން ވިދާޅުވެފައި މިވަނީ ސައްތައިންސައްތަ ހިއްސާ އޮންނަ ގޮތަށް ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އެއަަރޕޯޓް ހިންގޭ ގޮތަށް ސަރުކާރުން އުސޫލުތައް ބަދަލުކުރުމާއި ގުޅިގެނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެމްބަރެއްކަމަށްވާ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ބޮންޑާ ވިދާޅުވީ ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެކަމަށެވެ. ނަމަވެސް ދުނިޔޭގެ ބާޒާރު ހުއްޓިފައިވާ ވަގުތެއްގައި އެއަރޕޯޓެއް ބޭރުގެ ފަރާތަކަށް ވިއްކާލުމަކީ ބަނޑަށް ޖެހުނީމައި ކުރާކަހަލަ ކަންތައްތައްކަމަށް ބޮންޑާ ވިދާޅުވިއެވެ.
"ގައުމުގެ ވަސީލަތްތައް ބޭނުންކުރާނެ ސިޔާސަތު އެމްޑީޕީ މެނިފެސްޓޯގައި އޮންނާނެ. ދުނިޔޭގެ ބާޒާރު ހުއްޓިފައިވާ ވަގުތެއްގައި ކިރުފެލާން ގެންގުޅޭ ބަކަރީގެ ކަރުގައި ވާޖަހައިގެން ނުކުމެ ނުއަގުގައި ބަކަރި ވިއްކާން ގަންނާނެއްބާ ގޮވުމަކީ ބަނޑަށް ޖެހުނީމައި ކުރާކަހަލަ ކަންތައްތައް." ބޮންޑާ ވިދާޅުވިއެވެ.
ސަރުކާރުން ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް ގެނައި އިސްލާހުގައިވާ ގޮތުން 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ ކުރިން އެފްޑީއައި ޕޮލިސީގައި ކަނޑައަޅާފައި އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓް ނުކުރެވޭ ގޮތަށެވެ. އެގޮތުން ކުރިން އޮންނަ ގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ އެންމެ ބޮޑުވެގެން ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
މިފަދަ އިންވެސްޓުމެންޓުތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، ސަރުކާރުން ހުއްދައާއިއެކު މިފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު