ކޯވިޑް ކޮންޓްރޯލްކުރުމަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިހަފްތާގެ ތެރޭގައި ލުއިތަކެއް ދިނުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެންމެ ފަހުން މާލެ ސަރަޙައްދުގައި އެޅި ފިޔަވަަޅުތައް އަންނަ އަންގާރަ ދުވަހު ނިމޭއިރު ލުއިތަކެއްދޭން މަޝްވަރާކުރަމުންދާކަމަށެވެ. އެގޮތުން ކުރަންޖެހޭ މަޝްވަރާތައް ކުރިއަށްދާކަމަށާއި ދޭނެ ލުއިތައް އެނގޭނީ މަޝްވަރާތައް ނިމުމުންކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްކާތެރިކަމާއެކު ދޫކޮށްލެވޭ އެންމެ ބޮޑު މިންވަރަކަށް ދޫ ދެމުން ދިއުންކަމަށެވެ. ނަމަވެސް ކުރިން ދިން ފަދަ ބޮޑެތި ލުއިތަކެއް ނުދޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް ކޮންޓްރޯލްކުރަން މާލެ ސަރަޙައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހުއްދަ ނަގައިގެން ނޫނީ އެކަކަށްވެސް ބޭރަށް ނުނިކުމެވޭ ގޮތް ވަނީ ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން