ބީއެމްއެލްގެ ނަމުގައި އޮޅުވައިލައިގެން ގިނަ ޢަދަދެއްގެ ފައިސާ ހޯދި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބީއެމްއެލްގެ ނަމުގައި މަކަރާއި ހީލަތުން 60000 އަށްވުރެ ގިނަ ރުފިޔާ ހޯދަން އުޅުނު މައްސަލައިގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުކަމަށާއި އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.

ބޭންކުގެ ނަމުގައި އެކީ މީސް މީހުންނަށް ގުޅައިގެން ފައިސާ ހޯދަން އުޅޭ މައްސަލަ ބޮޑުވެފައިވާއިރު، އެކަމަށް ސަމާލުވުމަށް ފުލުހުންނާއި ބެންކުންވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ. ނަމަވެސް މިފަދަ ކަންކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ބައެއް ފަހަރު ހިތާމަވެރި ކަންކަން މީހުންނަށް ދިމާވެފައި އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު