މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ސ. ގަން ބޮއެ ކައިރީގައި މަސްވެރިކަން ކުރަން ނިކުމެ އުޅުނު "ރަސްއައިނު" ދޯނީގައި ހުރި، މެދުއުމުރުގެ ދިވެއްސެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 06:12 ހާއިރުކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ސީއެންބިއުލައިންސްގައި ބަލިމީހާ ސ.ފޭދޫއަށް މިއަދު ހެނދުނު 07:52 ހާއިރު ވަނީ ގެންދެވިފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މަސްވެރިކަމަށް ނިކުމެ އުޅޭ މީހުންގެ ލޮލަށް ބުޅި ހެރުމުގެ ހާދިސާތަކަކީ މަދުންނަމަވެސް ދިމާވާ ހާދިސާތަކެކެވެ. އެހެންކަމުން މިކަންކަމަށް ސަމާޅުވުމަށް ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ލަފާ ދެމުންނެވެ.

#Update:
— Maldives National Defence Force (@MNDF_Official) June 14, 2021
"S.Gan buoy” kaireegai masverikamugai ulhunu "Rasainu" dhoaneege dhivehi falhuveriehge lolah bulhieh herigen, avas faruvaa ah, MNDF Southern Area, Coast Guard Squadron ge eheetherikamaaeku S.Feydhoo ah miadhu 07:52 haairu gengosdheefi.https://t.co/hFPx1hhc7z pic.twitter.com/dTUVCMQeCj
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ސީއެންބިއުލައިންސްގައި ބަލިމީހާ ސ.ފޭދޫއަށް މިއަދު ހެނދުނު 07:52 ހާއިރު ވަނީ ގެންދެވިފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މަސްވެރިކަމަށް ނިކުމެ އުޅޭ މީހުންގެ ލޮލަށް ބުޅި ހެރުމުގެ ހާދިސާތަކަކީ މަދުންނަމަވެސް ދިމާވާ ހާދިސާތަކެކެވެ. އެހެންކަމުން މިކަންކަމަށް ސަމާޅުވުމަށް ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ލަފާ ދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު