ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ތަޢާރަފުކުރާ "ގެދޮރުވެރިޔާ ލޯނު" މިރޭ އިފްތިތާޙްކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

"ގެދޮރުވެރިޔާ ލޯނު" އިފްތިތާޙްކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މިރޭ 21:30 ގައެވެ. މި ރަސްމިއްޔާތު ޓީވީން ވަގުތުން ގެނެސްދޭނެއެވެ.

މި ލޯން ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ލޯން ސްކީމެއް ނަމަވެސް، މީގެ ތެރެއިން އަތޮޅުތަކަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މި ލޯނު ސްކީމް ވެގެންދާނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދުމަށް ހުޅުވިގެންދާ އިތުރު ދޮރެއްކަން ހައުސިންގ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ދާއިމީގޮތެއްގައި އަހަރަކު 2000 ހައުސިންގ ޔުނިޓުގެ އިކުއިޓީ ދެވޭނެގޮތަށް ވަނީ ބަޖެޓްކޮށްފައެވެ. އެގޮތުން 2021 ވަނަ އަހަރު އަލަށް ފަށާ ނޭޝަނަލް ސޯޝަލް ހައުސިންގ މަޝްރޫޢަށް 496.1 މިލިއަން ރުފިޔާ އާންމު ބަޖެޓުން އިކުއިޓީގެ ގޮތުގައި ދިނުމަށް ރާވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން