ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކުއްޖާ ކުޑަކުދިންގެ ހިޔާއިން ބޭރަށް ގެންގޮސް ޖިންސީ ގޯނާކުރިކަމަށް ބެލެވޭ މައްސަލައެކެވެ. މިމައްސަލައާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައި 25 އަހަރުގެ ދިވެހި ފިރިހެނެެއް ވަނީ ހައްޔަރުކޮށް، ތަހުޤީޤް ފަށާފައެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ ރެކޯޑު އޮންނަ މީހެކެވެ.

ނަމަވެސް މިމައްސަލައިގެ އެއްވެސް ތަފްސީލެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ރަސްއޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ލިބުނުކަމަށް ބެލެވޭ ކުއްޖާ ފެނުނީ މިމައްސަލައިގައި ހައްޔަރުކުރި މީހާގެ ކޮޓަރިންނެވެ.



ކިޔުންތެރިންގެ ހިޔާލު