އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އިސްވެ ހުންނަވައި "ޖީއެމްއާރު ގޯ"ގެ ނަމުގައި ހިންގި ގައުމީ ހަރަކާތުގެ ހަނދާންތައް ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް އާކުރައްވައި އެކަމުގެ ހަނދާންތައް މިއަދު އައުކޮށްދީފިއެވެ.

ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ޕޮލިސީއަށް އިޤްތިޞާދީ ވުޒާރާއިން އެންމެ ފަހުން ގެނައި އިސްލާހުގައި ވަނީ، 100 ޕަސެންޓް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭގޮތަށް އެއާ ޓްރާންސްޕޯރޓް ހުއްދަ ދޭގޮތަށް ނިންމާފައެވެ. ސަރުކާރުން މި ހުއްދަ ދޭން ނިންމާފައި ވާއިރު އެމްޑީޕީގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމާއި ދެކޮޅަށް މީގެކުރުން، "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" މިނަމުގައި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އިސްވެ ހުންނަވައި އިދިކޮޅު ފަރާތްތަކާއި ގުޅިގެން ގައުމީ ހަރަކާތެއް ވަނީ ބާއްވާފައެވެ. ދިވެހިންގެ އެއާޕޯޓްތައް ބޭރުގެ ކުންފުނިތަކަށް ދިނުމާއި ދެކޮޅަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރެއްވި ބޭފުޅުންގެ ތެރޭގައި އިމްރާން ހިމެނިވަޑައިގަންނަވައެވެ. އެހެން ނަމަވެސް ބޭރުގެ ކުންފުނިތަކަށް އެއާޕޯޓް ހިންގޭ ގޮތަށް، އިމްރާން ނިސްބަތްވާ ސަރުކާރުން ނިންމުމުން މިހާތަނަށް ވެސް ވަޒީރު އިމްރާން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ބޭރުގެ ކުންފުނި ތަކަށް އެއާ ޓްރާންސްޕޯރޓް ގެ ޚިދުމަތް ދެވޭގޮތަށް ސަރުކާރުން ނިއްމުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ، މިއަދު ހަނދާނަށް އަންނަނީ ހޯމް މިނިސްޓަރު އިސްވެ ހުންނަވައި ޓީޝާޓާއި އިސްތަށިފުޅުގައި ޖީއެމްއާރު ގޯ ބޭންޑް އަޅުއްވައިގެން އެއްގަމާއި ކަނޑުމަތީގައި، ގައުމީ ހަރަކާތުގެ ނަމުގައި ހިންގި އިހުތިޖާޖް މަތިން ކަމަށެވެ. ޝަރީފު ވިދާޅުވީ، ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ދަށުން އެއާޕޯޓް ޖީއެމްއާރާއި ހަވާލު ކުރުމަށް އަމަލުކުރީ ބައިނަލްއަގުވާމީ ވިޔަފާރީގެ ގާނޫނުތަކާއި ޚިލާފަށް ކަމަށެވެ. އަދި އިންޑިޔާގެ ސިއްރު އެޖެންޑާގެ ދަށުން މާލޭގައި އޮތް ވިޔަފާރިތައް ހުޅުލެއަށް ބަދަލުކޮށް މުޅި ރާއްޖޭގެ އިންޑަސްޓްރީތަކުގެ މައިބަނދަރު ކޮންޓްރޯލްކޮށް މަސައްކަތް ކޮށްފައިވަނީ ހުޅުލެ އިންޑިޔާ ސިޓީއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.



"މިއަދު އިންޑިޔާ ސިފައިން ރާއްޖޭގެ އެކިއެކި އެއާޕޯޓްތަކުގައި ޖަގަހަ ހަދާއިރު އިމްރާން ހުންނެވީ ބައިވެރިވެގެން." ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިޤްތިޞާދީ ވުޒާރާއިން ގެނައި އިސްލާހުގައި ބުނާގޮތުން ރާއްޖޭގައި އެއާ ޓްރާންސްޕޯރޓްގެ ޚިދުމަތް ދިނުމުގެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެންނެެވެ. ދިވެހިންގެ ބައިވެރިވުމެއް ނެތި ރާއްޖޭގެ އެއަރޕޯޓްތައް ހިންގަން ބޭރުގެ ކުންފުނިތަކަށް ދިނުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވެސް ވަނީ ވިދާޅުވެފައެެވެ. އެއާޕޯޓްތަށް ބޭރުގެ ކުންފުނިތަކަށް ދިނުމާއި ދެކޮޅަށް އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ އިސްބޭފުޅުން ވަނީ ވާހަަކަ ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން