ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 198 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން މިއަދު ހެނދުނު 11:19 ހާއިރު މީހަކު ނިޔާވެފައިވާކަމަށެވެ. އަދި ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޯވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 55 އަހަރުގެ އަންހެނެއްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.



ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 198 އަށް އަރާފައިވާއިރު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 181 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖޭގައި މިދިޔަމަހު ކޯވިޑްގެ ނުރައްކާ ބޮޑުވުމުން ފިޔަވަޅުތައް ހަރުކަށި ކުރުމުން އަނެއްކާވެސް ވަނީ ކޯވިޑް ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދުތައް ދަށަށް ދާން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން