ބޮޑެތި ޚާއިނުން ނުދޭވަރުގެ ގެއްލުން މި ސަރުކާރުން ގައުމަށް ދެމުންގެންދާ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕިއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، ބޮޑެތި ޚާއިނުން ނުދޭވަރުގެ ގެއްލުން މި ސަރުކާރުން ގައުމަށް ދެމުންގެންދާ ކަމަށާއި، ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އެއްވެސް ޝަރުތަކާއި ނުލައި މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން މިހާރު ފެންނަނީ ފެއިލްވެފައިވާ ދައުލަތެއްގެ ސިފަކަމަށް އޭނާ ވިދާޅުވިއެެވެ.
"މިހާރު ފެންނަމުން މިދަނީ ފެއިލްޑް ދައުލަތެއްގެ ސިފަ. ގާނޫނު އަސާސީގެ ރޫޙާ ޚިލާފު އެތައް ކަމެއް ކުރެވިގެން އެދަނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި ސަރުކާރު މިއޮތީ ވަރަށް ބޮޑަށް ކޮމްޕްރަމައިޒްވެފައި. ގައުމު ދެކެ ލޯބިވާ އެއްވެސް މީހަކު ގައުމަށް ހެއުއެދޭ އެއްވެސް ކަމެއް މިވެރިކަމުން ގައުމަށް ފައިދާ ހުރި ގޮތަކަށް ކުރެވިދާނެ ކަމަކަށް ގަބޫލެެއް ނުކުރާނެ. މީހަކު ބޮޑެތި ޚާއިނުންވެސް ނުދޭވަރުގެ ގެއްލުން މިސަރުކާރުން ގައުމަށް ދެމުން އެބަ ގެންދޭ." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އެއާޕޯޓްތަކުގެ ކޮންޓްރޯލް ބޭރުގެ ކުންފުނިތަކަށް ދޫކޮށްލުމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
"އެބައެއްގެ ހިއްސާ އޮންނަ ބޭރު ބަޔަކު ގެނެސް މުޅި އެއާޕޯޓްގެ އެކި ހިސާބުތަކުގައި ރުކުވާލާނީ، އެކަން ކަންވެސް ހިމެނޭގޮތަށް އެ އެގްރިމެންޓްގައި ހިމަނާފައި އޮތީ، އެއާޓްރެފިކް ކޮންޓްރޯލް ބޭރުބަޔެއްގެ އަތްދަށައް ދިޔައީމަ ގައުމީ ސަލާމަތަށް އެއްކޮށް އެ ނުރައްކާތެރިވީ. ދެނެއް އިޒްރޭލު މަތިންދާ ބޯޓެއް ނުވަތަ އެހެން ގައުމެއްގެ މަތިންދާބޯޓެއް އައިނަމަވެސް ކޮންޓްރޯލް ކުރާނީ ކޮންބަޔެއްކަން ދެން އެކަން ކުރާނެ ގޮތެއް ނޯންނާނެ." އާދަމް ޝަރީފު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު