އެމްޓީސީސީއިން ކުރިއަށްގެންދާ ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 28 އިންސައްތަ ނިންމައި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

33.1 މިލިއަން ރުފިޔާގެ މިމަޝްރޫޢަކީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ކުރިއަށްދާނެކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ. ހަމަމިމަޝްރޫޢުގެ ދަށުން، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުންވެސް ހިމެނޭކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން