ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި މިއަދު ފަށައިފިއެވެ.
މިބިލަކީ ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހެކެވެ. މިއިސްލާހުގައި އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މިބިލުގެ ބަހުސް މަޖިލީހުގައި ފަށާފައިވާއިރު، ގިނަ ބަޔަކު އަންނަނީ މިބިލާއި ދެކޮޅަށް ވާހަކަދައްކަމުންނެވެ. އެގޮތުން ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މިއީ ރާއްޖޭގައި ސެކިއުލަރިޒަމް ނުވަތަ ދީނާއި ދުރު ހަރަކާތްތަކަށް ޖާގަ ދިނުމަށް ހުޅުވޭ ދޮރެއްކަމަށެވެ. އަދި މިބިލުގެ ސަބަބުން އިސްލާމްދީނާއި ދެކޮޅަށް ހިންގޭ ކަންކަމާއިމެދު ބަސް ބުނުމުގެ ހައްގުވެސް ގެއްލޭނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެެެވެ.
ސަރުކާރުން ހުށަހެޅި އިސްލާހަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ސަރުކާރުން ވަނީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް އަދަބު ކަނޑައެޅުމަށް ޤާނޫނަށްވެސް އިސްލާހެއް ހުށައަޅަން ނިންމާފައެވެ.
ލާދީނީ ގޮވުން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް މިއަދު ހެނދުނު މަޖިލީހުގައި ފަށާފައިވާއިރު މިބިލާއިމެދު މަޖިލީހުން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ބަހުސަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު