މާލޭގައި ސެލޫން ހިންގާ ގިނަ ފަރާތްތަކަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވައިފިއެވެ.
އޮންލައިންކޮށް ބޭއްވި މިބައްދަލުވުމުގައި މާލޭގައި ސެލޫން ހިންގާ ގިނަ ބަޔަކު ވަނީ އެމީހުންނަށް ކުރިމަތިވަމުންދާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އަދި މިވަގުތު ދިމާވަމުންދާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙު ވަނީ ސެންލޫން ހިންގާ ފަރާތްތަކުން ފާހަގަކުރި މައްސަލަތަކަށް އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޯވިޑުން އަރައިގަތުމަށް އެކުލަވާލަމުންދާ "އީޒް ޕްލޭން"ގައި ވިޔަފާރިތަކުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙު ވަނީ ދެއްވާފައެވެ.
މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވަމުންދާ ވިޔަފާރިތަކުގެ ތެރޭގައި، ސެލޫންތަކުގެ ވިޔަފާރި ހިމެނެއެވެ. އަދި އެ ވިޔަފާރިތަކަށް އެހީތެރިވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން ގެއްލުންވަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ޕެކޭޖްގެ ދަށުން ޖިމްތަކާއި، ސެލޫންތަކާއި، ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން އެހެނިހެން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބޭނެނެކަމަށް ސަރުކާރުން ބުނެއެވެ.

The President met with salon owners to explore how to address the issues that the industry is dealing with as a result of the Covid19 pandemic.
— Mabrook Azeez (@MvSpokesperson) June 15, 2021
He assured them that the suggestions they made would be considered in the 'ease-plan' that is being developed. pic.twitter.com/TV8oxVJE8e
މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވަމުންދާ ވިޔަފާރިތަކުގެ ތެރޭގައި، ސެލޫންތަކުގެ ވިޔަފާރި ހިމެނެއެވެ. އަދި އެ ވިޔަފާރިތަކަށް އެހީތެރިވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން ގެއްލުންވަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ޕެކޭޖްގެ ދަށުން ޖިމްތަކާއި، ސެލޫންތަކާއި، ކެފޭތަކާއި ރެސްޓޯރަންޓްތަކުގެ އިތުރުން އެހެނިހެން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބޭނެނެކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު