ފާއިތުވި މެއިމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ސީ.އައި.އެފް އަގު މިދިޔަ އަހަރަށްވުރެ އިތުރުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބުނީ ފާއިތުވި މެއިމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 105 އިންސައްތަ އިތުރުވެފައިވާކަމަށެވެ.
އެގޮތުން 2020 ވަނަ އަހަރުގެ މެއިމަހު ދިވެހިރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މެއިމަހު މި ޢަދަދުވަނީ 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެއިތުރުން، ފާއިތުވި މެއިމަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ މެއިމަހާ އަޅާބަލާއިރު 104 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި 2020 ވަނަ އަހަރުގެ މެއިމަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މެއިމަހު މި ޢަދަދުވަނީ 238 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫ.އޭ.އީއެވެ. އިންޑިއާއިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާނުން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީއިން 377 މިލިއަން ރުފިޔާގެ މުދާ ފާއިތުވިމަހު ވަނީ އެތެރެކޮށްފައެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ މުޅި އިޤްތިޞާދު ވަރަށް ބޮޑަށް އަޑިއަޅައިލުމާއި ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީއާއި މުދާ އެތެރެކުރެވޭ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

Monthly Statistics – May 2021
— Maldives Customs (@CustomsMv) June 14, 2021
📌Imports rise by ⬆️105% when compared to the same period of last year.
📌Exports grew by ⬆️91% when compared to the same period of last year.
📌Import Duty Revenue up more than ⬆️104%
🔗https://t.co/rkjSu76pAj pic.twitter.com/udgI6OCmta
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން އަދި ޔޫ.އޭ.އީއެވެ. އިންޑިއާއިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާނުން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީއިން 377 މިލިއަން ރުފިޔާގެ މުދާ ފާއިތުވިމަހު ވަނީ އެތެރެކޮށްފައެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ މުޅި އިޤްތިޞާދު ވަރަށް ބޮޑަށް އަޑިއަޅައިލުމާއި ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީއާއި މުދާ އެތެރެކުރެވޭ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު