މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އައިޖީއެމްއެޗްގައި ޓެކްސީ ސްޓޭންޑެއް ހަދައިފިއެވެ.

މިޓެކްސީ ސްޓޭންޑް ހަދާފައި ވަނީ ކަނބާ އައިސާ ރަނި ހިގުމުގަށް ހުންނަ އައިޖީއެމްއެޗްގެ މައި ދޮރުން ވަދެނުކުމެވާ ސަރަހައްދުގަވެ. މިޓެކްސީ ސްޓޭންޑް ގެ ހުރިހައި މަސައްކަތްތަކެއް ނިމި މިހާރު ބޭނުންކުރެވެމުންދާކަމަަށް އެމް.ޑަބްލިޔު.އެސްސީން ބުނެފައިވެއެވެ. އަދި މިމަސައްކަތަށް ޖުމްލަ 1،255،710.08 ރުފިޔާ ޚަރަދުވިކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.



މިފަދަ ޓެކްސީ ސްޓޭންޑެއް ހެދުމުގެ މައިގަނޑު މަގްސަދަކީ، އައިޖީއެމްއެޗްގެ މެއިން އެންޓްރަންސް ސަރަަހައްދުން ޓެކްސީގެ ޚިދުމަތް ހޯއްދަވަމުން ގެންދަވާ ފަރާތްތަކަށް އިތުރު ލުއިތަކެއް ހޯދައިދިނުންކަމުގައި އެކުންފުނިން ހާމަކޮށްފައިވެއެވެ. މިގޮތުން، ވިއްސާރަ ދުވަސްވަރު މި ސަރަަހައްދުގައި ޓެކްސީ ހޯދަން މަޑުކޮށްލައިގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކާއި، ޓެކްސީ ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން ހިޔަލުގައި މަޑުކޮށްލައި، ޚާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް، އިށީނދެލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން ޚާއްސަ ގޮތެއްގައި ވިއްސާރަ ދުވަސްވަރު، މި ޓެކްސީ ސްޓޭންޑުގެ އެހީތެރިކަން ލިބިގެން ދާނެކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެމް.ޑަބްލިއު.އެސް.ސީން ތަރައްޤީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގުގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ތަފާތު އެކިއެކި ރޮނގު ތަކުން އެހީތެރިވެދީ، މަސައްކަތް ކޮށްދިނުމަކީ ކުންފުނީގެ އަމާޒުކަމުގައި އެމް.ޑަބްލިއު.އެސް.ސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން