ހަރުކަށި ފިކުރާދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ބަޔަކު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފިއެވެ.
ޕްރޮސެކިިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާުޅުވީީ އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދެވި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހުން ބަންދުން ދޫކޮށްލުމަށް ދަށުކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން މިއަދު އެމައްސަލަ ނިންމާފައިވާކަމަށެވެ. އަދި ހައިކޯޓުން ނިންމެވީ މި 5 މީހުން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުތައް ބާޠިލު ކަމަށާއި އަދި މި 5 މީހުން މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށްވެސް އަމުރު ކުރެއްވިކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދެވި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެމީހުންގެ އިތުރުން މާލެއިންވެސް 2 މީހަކު ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު