މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އެކުލަވާލެއްވި ގޮތާއިމެދު ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ކޮލެޖުކަމަށްވާ ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިއްޔެ ވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައި އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އުފައްދަވައި ބޯޑަށް މެންބަރުން ޢައްޔަންކުރައްވާފައެވެ.
މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ އެމްކިޔުއޭގެ ގަވަރނިންގ ބޯޑު ރައީސް ޞާލިހު އެކުލަވާލެއްވިއިރު ޕްރައިވެޓް ކޮލެޖްތައް ތަމްސީލްކުރާ ޖަމިއްޔާއަށް ފުރުސަތު ނުދެއްވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މަތީ ތައުލީމާބެހޭ ބިލު މަޖިލީހަށް ވެއްދިއިރު ޕްރައިވެޓް ކޮލެޖްތައް ޔުނިވަރސިޓީތަކަށް ބަދަލުކުރެވޭ ގޮތަށް އޮތް މާއްދާ ބަދަލުކޮށްފައިވާކަމަށާއި، މިހާރު ޕްރައިވެޓް ޔުނިވަރސިޓީއެއް އުފެއްދޭނީ ކޮލެޖް ހިންގަން ފަށާތާ 20 އަހަރު ފަހުންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އައު އެޑިއުކޭޝަން ބިލް ނިމިގެން އައިއިރު ޕްރައިވެޓް ސެކްޓަރަށް ވަނީ ފުރުސަތުތައް ހަނިކޮށްފައިކަމަށެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށް މެންބަރުން ޢައްޔަނު ކޮށްފައިވާއިރު، އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ ޑޮކްޓަރ ޢަބްދުލްޙަންނާން ވަޙީދެވެ.

ކިޔުންތެރިންގެ ހިޔާލު