60 މީހުންގެ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އައްޑޫސިޓީ ގަމުގަައި ހުންނަ ދޫގަސް ބޭނުންކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ދޫގަސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ އައްޑޫގައި މިވަގުތު ގިނަ އަދެދެއްގެ ބިދޭސީންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، އެމީހުން އައިސޮލޭޓްކުރުމަށް ދަތިތަކެއް ހުރުމުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި ދޫގަސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާއިއިރު އެތަނުގައި 60 މީހުންގެ ޖާގަ ހުންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އައްޑޫގައި ބިދޭސީންގެ ތެރޭގައި ކޯވިޑް ފެތުރި، ބޮޑު ކްލަސްޓަރއެއް ވަނީ އުފެދިފައެވެ. އަދި މިކަމާއި ގުޅިގެން ހިތަދޫ ބަންދު ކުރުމާބެހޭ މަޝްވަރާތަކެއް ކުރިއަށްދާކަމަށާއި، އެގޮތަށް އެކަން ކުރާނީ ހާލަތު އިތުރަށް ގޯސްވާނަމަކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އައްޑޫ ސިޓީން މިހާތަނަށް 367 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 292 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު