ހިޔާ ފުލެޓްތައް ލިބޭ ފަރާތްތަކުން އެގްރިމެންޓްގައި ސޮއިކުރުން އަންނަ ޖުލައިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިއްމައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިއަދު ވިދާޅުވެއްޖެއެެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ ހިޔާ ފުލެޓްތައް ލިބޭ ފަރާތްތަކުން އެގްރިމެންޓްގައި ސޮއިކުރުމަށް ނިންމައިފައިވަނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި 14 ޖުލައިން ފެށިގެން 30 ދުވަހުގެ ތެރޭގައި ފުލެޓް ލިބޭ ހުރިހާ ފަރާތްތަކުން އެގްރިމެންޓްގައި ސޮއިކޮށް ނިއްމާލެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވާ ކަމުގައި މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ހިޔާ ފުލެޓްތަކުގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ސްޓްލެކޯގެ ފަރާތުން ފުލެޓްތަކުގައި އިލެކްޓްރޯނިކް ކަރަންޓު މީޓަރު ހަރުކުރުމުގެ މަސައްކަތާއި މެއިން ޕެނަލް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.



"16 އިމާރާތުގެ ތެރެއިން 9 އިމާރާތެއްގެ މެއިން ޕެނަލް މިހާތަނަށް އައިއިރު ވަނީ ހަރުކުރެވިފައި، އަދި ހަރުކުރަމުންދާ އިލެކްޓޯނިކް މީޓަރުތައް އެޕާޓްމަންޓްގައި ހަރުކުރުން 16 ޖޫންގައި އަނެއްކާވެސް ފެށި ޖުލައި 16 ހިސާބުގައި ނިންމޭނެ ކަމަށް އެބޭފުޅުން މަސައްކަތް ކުރަމުން އެބަ ގެންދަވާ." މަބުރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން