މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ވަގުތު ހަވީރު 4:00 އިން ފަތިހު 4:00 އަށް ހަމަޖައްސައިފިއެވެ.

މީގެ ކުރިން ކާފިއު ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަވީރު 4:00އިން ހެނދުނު 8:00 އަށެވެ. އެ ނޫން ވަގުތު ތަކުގައި ބޭރަށް ދިޔުމަށް ހާއްސަ ހުއްދައެއް ނަގަންޖެހެއެވެ.



ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކާފިއު ވަގުތު ހަވީރު 4:00 އިން ފަތިހު 4:00 އަށް ބަދަލު ކުރުމަށް ނިއްމައިފައިވާ ކަމަށެވެ. އެގޮތުން މިބަދަލާއެކު އެކަނި ކުރާ ކަސްރަތު ތަކަށް ފަތިހު 4:00 އިން ހެނދުނު 8:00 އަށް ޕާމިޓާއި ނުލާ ހުއްދަދޭން ވަނީ ނިއްމާފައެވެ.

ބައެއް ފިޔަވަޅުތަކަށް ލުއިދޭން ނިންމި ނަމަވެސް ކާފިއު ނޫން ވަގުތު ބޭރަށް ނިކުމެވޭނީ އަދިވެސް ޕޮލިސް ޕާމިޓް ލިބިފައިވާ މީހުންނަށް ކަމަށް އެޗްއީއޯސީއިން ބުނެއެެވެ. އެގޮތުން ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރަށް ނިކުމެވޭނީ ކޮންމެ ގޭބީސީއަކުން ޕޮލިސް ޕާމިޓް ލިބިފައިވާ މީހުންނަށް އެ މީހުންނަށް ހުއްދަ ދީފައި އޮތް ހަތަރު ގަޑިއިރަށެވެ. މީގެ އިތުރުން ވަކިން ނަމާދު ކުރުމަށް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ހުޅުވާލާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކާއި ފިހާރަތައް ހުޅުވާ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ވަގުތަށް ބަދަލު ގެނެސްފައެއް ނުވެއެވެެ. މީގެ ތިން ހަފުތާ ކުރީން އޮތްގޮތަށް ހަވީރު ހަތަރަކާ ހަމައަށް ޓޭކް އަވޭ އަދި މެންދަމު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން