ގެދޮރުވެރިޔާ ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިިފި އެވެ.

"ގެދޮރުވެރިޔާ ލޯނު ސްކީމް"ގެ ދަށުން ހަތް ލައްކަ ރުފިޔާއާއި ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާއިރު، މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސެންޓް އިންޓްރެސްޓްގަ އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، މިއަދުން ފެށިގެން އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ އެލޯނަށް މިހާރު ހުށައެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"އެޗްޑީއެފްސީގެ ވެބްސައިޓުން ލޯންގެ އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ. ލޯނަށް އެޕްލައިކުރެވޭނެ ގޮތް މިހާރު ވަނީ ހުޅުވާލެވިފައި." މަބުރޫކް ވިދާޅުވި އެވެ.

މި ލޯނު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް އިމާރާތް ކުރުމަށް ނުވަތަ ގެ މަރާމާތު ކުރުމަށް ނޫނީ ހަދަން ފަށާފައިވާ އިމާރާތެއް ނިންމުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ލޯނު އަބުރާ ދެއްކުމަށް 20 އަހަރު ލިބޭނެއެވެ. 20 އަހަރުގެ ތެރޭގައި ކޮންމެ މަހަކު ލޯނަށް 6000 ރުފިޔާއަށް ވުރެ މަތިން ދައްކާކަށް ނުޖެހެއެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން