ބޯކޮށާތަންތަނާއި ސެލޫންތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ދިނުމަށް ހުއްދަ ހޯދުމަށް އަމަލު ކުރަންޖެހޭ އުސޫލު މިރޭ އާއްމުކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް 16 ޖޫން 2021 އިން ފެށިގެން ލުއިދިނުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި ޚިދުމަތްދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުޞޫލުން ޚިދުމަތްދޭގޮތަށް ހުޅުވައިގެން ޚިދުމަތްދިނުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިގޮތަށް އެޕޮއިންޓްމަންޓު އުޞޫލުން ޚިދުމަތްދިނުމަށް ބޭނުންވާ ބޯކޮށާތަންތަނާއި ސެލޫންތަކުގެ މައުލޫމާތު ހިމެނޭގޮތަށް ތަނުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ޚިދުމަތްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލެއް ތައްޔާރުކޮށް އީމެއިލް ކުރުމަށް އެޗްޕީއޭގެ އިއުލާންގައި ބުނެފައިވެއެވެ.

އަދި ތަނުގައި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ޚިދުމަތް ދެވޭ މީހުންގެ އަދަދު އަދި އެެޕޮއިންޓްމަންޓު ހެދުމަށް ކަނޑައަޅާގޮތް އުސޫލުގައި ބަޔާން ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ނެރުނު އިއުލާންގައިވެއެވެެ.

އެޗްޕީއޭ އިން ނެރުނު އިއުލާންގައި ބުނެފައިވަނީ އެމައުލޫމާތުތައް ހިމަނައިގެން ޚިދުމަތް ފެށުމަށް އެދި ހުށަހެޅުމުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިންސްޕެކްޝަންތަކާބެހޭ ބައިން، ތަންތަނުން ހުށަހަޅާފައިވާ އުޞޫލު ރިވިއުކޮށް ތަން އިންސްޕެކްޓްކުރާނެ ކަމަށެވެ.

ޚިދުމަތް ފަށަންވާނީ އިންސްޕެކްޝަންއަށް ފަހު ޚިދުމަތް ފެށުމަށް ހުއްދަ ދިނުމުން ކަމަށާއި ހުށަހަޅާ އުޞޫލު ރިވިއުކޮށް އިންސްޕެކްޝަންހަދައި 48 ގަޑިއިރުތެރޭގައި ހުއްދަދިނުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ނެރުނު އިއުލާންގައި ވެއެވެ.

ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވުމުގެ ހުއްދަ ދީފައިވާއިރު މާލޭގައި އިއުލާންކޮށްފައިވާ ކާފިއު ވަގުތު ކުޑަކޮށް ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން