ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 200 އަށް އަރައިފިއެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 200 އަށް އަރާފައިވަނީ ރޭ ނިޔާވި ދެ މީހެއްގެ މަރާއެކުއެވެ. އެގޮތުން ރޭ 9:23 ހާއިރު ލ. އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެއެވެ. މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 199 ވަނަ މީހާއެވެ.



މީގެއިތުރުން ގދ. ތިނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ގއ. ދާންދޫއަށް ނިސްބަތްވާ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކު ރޭފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާކަމަށް ދާންދޫ ކައުންސިލުން ބުނެފައި ވެއެވެ. މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 200 ވަނަ މީހާއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 200 އަށް އަރާފައިވާއިރު މީގެތެރޭގައި ހިމެނެނީ 183 ދިވެހިންނާއި 17 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން