އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވިފަހުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދާއި ހަމަޔަށް 35 ޤައުމަކުން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ޢާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އދގެ މެމްބަރު ޤައުމުތަކާއެކު މަތީފަންތީގައި މަޝްވަރާތަކާއި ބައްދަލުވުންތައް ބާއްވަވަން ވައުދުވެވަޑައިގެންނެވިކަމަށާއި، އެވަޢުދާ އެއްގޮތަށް މިހާތަނަށް 35 ޤައުމަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވައި، ޝާހިދު ހުށަހެޅުއްވި "އުއްމީދުގެ ރިޔާސަތު" ކުރިއަށްގެންދާނެ ގޮތަކާއި އަދި އާއްމު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވިއިރު މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އެކި ލެވެލްގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.
އިއްޔެ މިނިސްޓަރ ޝާހިދު ވަނީ އދގެ މެމްބަރު ޤައުމުތަކުގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ އެފްރިކާ ސަރަހައްދުގެ، ސަރަހައްދީ ޖަމްއިއްޔާ އެފްރިކަން ޔޫނިއަނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފާތިމާ މުހައްމަދާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުﷲ އަލްމުޢައްލިމީ ވަނީ، މިނިސްޓަރ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ޝާހިދުގެ ޝަރަފުގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އާމިނާ މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

As PGA-elect I had promised a high level of dialogue &engagement with the membership!
— Abdulla Shahid (@abdulla_shahid) June 16, 2021
Since my election, a week ago, I have met with 35 Permanent Representatives, to seek their views on the implementation of the #PresidencyOfHope and the work of the #UNGA
I intend to continue! pic.twitter.com/yn8ugSDmJT
އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވިއިރު މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އެކި ލެވެލްގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.
އިއްޔެ މިނިސްޓަރ ޝާހިދު ވަނީ އދގެ މެމްބަރު ޤައުމުތަކުގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ އެފްރިކާ ސަރަހައްދުގެ، ސަރަހައްދީ ޖަމްއިއްޔާ އެފްރިކަން ޔޫނިއަނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ފާތިމާ މުހައްމަދާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުﷲ އަލްމުޢައްލިމީ ވަނީ، މިނިސްޓަރ ޝާހިދު އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ޝާހިދުގެ ޝަރަފުގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އދގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އާމިނާ މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

IRQ
ކިޔުންތެރިންގެ ހިޔާލު