އިޒްރޭލުން ރާއްޖެއަށް ސީދާދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށްބުނެ އަގުތައް އާންމުކޮށްފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި އިޒްރޭލާއި ދެމެދު ސީދާވައިގެ ދަތުރުފަތުރު ފަށަން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއަރލައިނަކަށް ހުއްދަ ދެވިފައިނުވާއިރު، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެސް ނުވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާކަމަށާއި އަދި އިޒްރޭލާއި ދެމެދު ވައިގެ ދަތުރު ފަތުރު ކުރުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކުރުމަށް ނިންމާފައިނުވާކަމަށެވެ.



އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު ވައިގެމަގުން ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް އިޒްރޭލުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނާގޮތުން ރާއްޖެއާއި އިޒްރޭލާއި ދެމެދު ކުރާ ވައިގެ ސީދާ ދަތުރުތައް ފަށާނީ އަންނަ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ. އަދި މިދަތުރުތައް ކުރާނީ އެއަރ ސީޝެލްސްގެ އެއަރކްރާފްޓެއް ބޭނުންކޮށްގެންކަމަށްވެސް ޚަބަރުތައް ބުނެއެވެ. މީގެއިތުރުން މިދަތުރުގެ ޓިކެޓްތަކުގެ އަގުތަކާއި ޕެކޭޖްތަކުގެ އަގުތައްވެސް މިހާރު ވަނީ އިޝްތިހާރުކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން