ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް އެލް ބްލޮކް، ކ. ތިލަފުށިން އެރަށް ގެެންގޮސްފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މިމަޝްރޫޢަކީ މޯލްޑިވްސް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އިންފްރާސްޓްރަކްޗަރ އިން އެމްޓީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.

އެމްޓީސީސީން މިހާރުވެސް ގެންދަނީ މިފަދަ އެތައް މަޝްރޫއެއް ރައްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. ކޯވޮޑްގެ މި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ މިފަދަ މުހިންމު ތަރައްގީގެ މަޝްރޫޢުތައް މެދުކެނޑުމެއްނެތި އެމްޓީސީސީން ކުރިއަށް ގެންދާކަން ސަރުކާރުން ވެސް ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު