ހދ. މަކުނުދޫގައި ކަރަންޓީނު ކޮށްފައި ހުރި ގެއަކަށް ވަގަކު ވަދެގެން ފުލުހުންނަށް ގުޅުމުން ކަރަންޓީނު ކޮށްފައިވާ ގެއަކަށްވާތީ އެގެއަށް ދެވެން ނެތްކަމަށް ފުލުހުން އަންގައިފިއެވެ.
ހދ. މަކުނުދޫގައި ކަރަންޓީނު ކޮށްފައިވާ އެގެއަކީ މާލެއިން ރަށައް ދިޔަ އަންހެނުންތަކެއް ކަރަންޓީނުވެގެން ތިބި ގެއެކެެވެ. އެގޭގައި ކަރަންޓީނު ވެގެން އުޅެނީ މުޅިންވެސް އަންހެނުން ކަމަށް "ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވެއެވެ. ކަރަންޓީނު ކޮށްފައިވާ އެގެއަށް ރޭގަނޑު ދަންވަރު ވަގަކު ވަންނަން މަސައްކަތް ކުރުމުން އެގޭގައި ތިބި އަންހެންވެރިން ވަނީ ފުލުހުންނަށް ގުޅައި އެމައްސަލަ ރިޕޯޓްކޮށްފައެވެ.
އެެހެން ނަމަވެސް ފުލުހުން ވަނީ އެގެއަކީ ކަރަންޓީނު ކޮށްފައިވާ ގެއަކަށްވާތީ އެގެއަށް ދެވެން ނެތް ކަމަށް އަންގާފައެެވެ. މިމައްސަލަ މިހާރު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، މިހާރު އެކަން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ ސަމާލު ކަމަށްވެސް ގެނެސްފައެވެ.
ޝޯޝަލް މީޑިޔާގައި އެހާދިސާ ދިމާވި ގޭގައި އުޅޭ މީހަކު ހާމަކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރަށައް އައިސް ކަރަންޓީނުގައި ތިބޭތާ 12 ދުވަސްވެފައިވާ ކަމަށާއި، ހުސް އަންހެނުންތަކެއް ދިރިއުޅޭ ތަނަކަށް ވަގަކު ވަނުމުން ފުލުހުންނަށް ގުޅުމުން ޖާލި ދޮރު ހުޅުވާފައި ހުރީ ކީއްވެތޯ ބުނެ ކުރީ ސުވާލު ތަކެއް ކަމަށެވެ. އަދި ވަގު "ވަންނާނީ ވަދެވޭ ގޮތަށް ހުޅުވާފައިހުރީމާ ނޫންހޭ" ފުލުުހުން ބުނި ކަމަށް އެ އަންހެންމީހާ ބުނެފައިވެއެވެ.
އޭނާ ބުނީ، ޖެހިގެން އައި ދުވަހު ފުލުހުންނަށް ގުޅުމުން ކަރަންޓީނުގައި ބަޔަކު ތިބި ގެއަކަށް ފުލުހުންނަށް ނުވަދެވޭނެ ކަމަށް ބުނި ކަމަށެވެ. އަދި އެތަނަށް ވަދެވޭން ހުރި ގޮތްތައް ކިޔައިދިނުމުން ގޭގައި ތިބި އަންހެނުންނާ މެދު ފުލުހުން ކުރީ ވަރަށް ނުބައި ތުހުމަތު ތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން އެމީހާއަކީ އެކޮޓަރީގައި އުޅޭ މީހަކު ވެއްދި މީހެއް ނުވަތަ މީހަކު ގުޅައިގެން ގެނައި މީހަކަށް ވެދާނެ ނޫންތޯ، ފުލުހުން ސުވާލު ކުރިކަމަށް އޭނާ ބުނެފައި ވެއެވެ.
"މީ ޕްރޮޓެކްޝަނަށް ގުޅުމުން ފުލުސް އޮފިސަރު ދިން ޖަވާބު، ކޮބާ މީގެ އިންސާފު، ދިސް އިސް ސޯ ސޭޑް. މިގޮތަށް ޓްރީޓް ނުކޮށް ތަންކޮޅެއް ރެސްޕޮންސްބެލިޓީ ވާން އޯކޭ ދޯ. ކަރަންޓީނު ވެފައި ހުންނަ ގެއަކަށް ފުލުހުންނަށް ނުވަދެވޭއިރު، މިތަނަށް ނުވަދެވުނަސް އެގޮތަށް ޖަވާބުދާރީވެވިގެން ނުވާނެ." އެ އަންހެންމީހާ ބުނެފައިވެއެވެ.
މީގެއިތުރުން ފޭސްބުކްގައި އޭނާ ބުނެފައިވަނީ ތަންކޮޅެއް ޒިންމާދާރު ކަމާއެކު، އެކަން ހިނގީ ކިހިނެއްތޯ ފުލުހުން ބަލަންޖެހޭނެ ކަމަށެވެ.
"މީހަކު ގެނައިނަމަ ބިރުން ތިބެގެން މީހުންނަށް ގުޅައި، ނުގެންނާނެދޯ؟ ޕްރޮޓެކްޝަނަށް ގުޅީމަ މިހިރީ އަޅުގަނޑުމެންނަށް ދިން ޖަވާބު. އެމީހެއްގެ އަނބި މީހާއަށް ނުވަތަ ދަރިއަކަށް މިކަހަލަ ކަމެއް ދިމާވީމަ ދޭނީ މިޖަވާބުތޯ؟ ދިސް ސިސްޓަމް އިސް ސޯ މެސްޑް." ވަރަށް އަސަރާއެކު އެމީހާ ލިޔެފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ އިދާރާގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު