އަންނަ އާދީއްތަ ދުވަހުން ފެށިގެން ލައިސެންސް އައުކޮށްދިނުމުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނީ، 20 ޖޫން ވާ އާދީއްތަ ދުވަހުން ފެށިގެން އެއޮތޯރިޓީގެ ބައެއް ޚިދުމަތްތައް ކުރިއެކޭވެސް އެއްފަދައިން އާއްމުންނަށް ލިބޭނެ ކަމަށެވެ. އެގޮތުން އަންނަ އާދިއްތައިން ފެށިގެން އޮތޯރިޓީއިން ދެމުންދާނެ ޚިދުމަތްތަކުގެ ތެރޭގައި ލައިސެންސް އައުކޮށްދިނުމާއި، ދެފުރޮޅުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަންގެ އެންމެހާ ކަންކަމާއި، މެރިޓައިމްގެ ބައެއް ޚިދުމަތްތައްވެސް ހިމެނެއެވެ.
ހުސްވި މޭމަހުގެ އެއްވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސެންސް މި ޖުލައި މަހާއި ހަމައަށް ބޭނުން ކުރެވޭ ގޮތަށް ވަނީ މުއްދަތު އިތުރުކޮށްދީފައެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނެފައި ވެއެވެ.
ކޮވިޑް-19 ގެ ބިޔަ ރާޅާއެކު އެއޮތޯރިޓީއިން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ޚިދުމަތްތައް އަލުން ދޭންފަށާއިރު، އެ އޮތޯރިޓީއިން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް އެއޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު