އަހުމަދު މަސްނޫމް   17 ޖޫން 2021 - 20:13
ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން، އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު އިބްރާހީމް ހޫދާ ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން ހޫދުއާ ހަވާލުކުރައްވާފައި މިވަނީ އެމަޤާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީން، ރައީސްގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް އައްޔަންކުރެއްވުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ޞަބްރާ އައްޔަންކުރައްވާފައި ވަނީ، ފޮރިން ރިލޭޝަން އޮފީސްގެ ސެކްރެޓަރީގެ މަޤާމުން ވަކިކުރެއްވުމަށްފަހުކަމަށެވެ. އަދި ޞަބްރާ އެމަޤާމަށް ޢައްޔަނުކުރެއްވީ ސަފީރު ފެންވަރު ނުވަތަ ސްޓޭޓް މިނިސްޓަރ ފެންވަރުގައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން ހަވާލު ކުރެއްވި ހޫދަކީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީގެކުރިން، ފޮރިން މިނިސްޓްރީގެ ތަފާތު ފެންވަރުގެ މަގާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީކަމުގެ މަގާމުވެސް ހޫދު ވަނީ ފުރުއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނަކަށް ވެސް މީގެ ކުރިން ހުންނެވީ ހޫދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން