ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށްދިޔަ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މިމަސައްކަތް ނިންމާލައިފައިވަނީ މިހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހުކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އަދި މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.

ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މިމަޝްރޫޢަކީ މޯލްޑިވްސް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އިންފްރާސްޓްރަކްޗަރ އިން އެމްޓީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. 

143.11 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނިފައިވެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން