މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދު (ކ) އާއި، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް (ވ)
މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދު (ކ) އާއި، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް (ވ)
ބްލޮގަރ ޔާމީންގެ މަރުގެ މައްސަލާގައި ދަޢުލަތުގެ ވަކީލުން ފަރުވާ ކުޑަކަމަށްބުނެ އެ މައްސަލަ ބަލައިދިނުމަށްއެދި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވިސް (އޭޑީއެމް) އިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އެމައްސަލާގައި ވަނީ، ޕީޖީ އޮފީހުގެ ވަކީލުންގެ ފަރާތުން ފެންނަމުންދާ ފަރުވާ ކުޑަކަމުގެ ބައެއް ކަންތައްތައް ފާހަގަކޮށް އެ މައްސަލައިގައި ޝަރީއަތުގައި ވަކާލާތު ކޮށްދެއްވުމަށް ޕީޖީ ޝަމީމުގެ އަރިހުން މިދިޔަ ފެބްރުވަރީމަހު އާއިލާއިން އެދިފައިވާނެ ކަމަށެވެ. އެގޮތުން މުހިންމު ތާރީހުތައް ފަދަ މައްސަލައިގައި ހިމެނޭ ހައްސާސް މައުލޫމާތު ދަޢުލަތުގެ ވަކީލުންގެ ހަނދާނުގައި ނުހުންނަ ކަމަށް ޢާއިލާއިން ވަނީ ފާހަގަކޮށްފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކުގައި ދައުލަތުން ވަކާލާތު ކުރުމަށް ސީދާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވަޑައިގަތުމަށް އާއިލާއިން އެދުނު ނަމަވެސް އެކަމަށް އުޒުރު ދައްކަވަމުން ގެންދަވާ ކަމަށް އޭޑީއެމުން ވަނީ ބުނެފައެވެ. އެގޮތުން ޕީޖީ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ އޮފީހުން ޒިންމާއިން ބަރީއަވެ ދަޢުލަތުގެ އެހެން މުއައްސަސާތަކަށް ޝަކުވާ އުފުލުމަށް ބުނެފައިވާކަން އޭޑީއެމުން ވަނީ ފާހަގަކޮށްފައެވެ.

"މިއަދާ ހަމައަށްވެސް އާއިލާއިން އެދިފައިވާ ޔާމީން ރަޝީދު ގަތުލް ކުރި މައްސަލައިގެ ޝަރީއަތުގައި ވަކާލާތު ކޮށްދެއްވުމަށް ޕްރޮސިކިއުޓަރު ޖެނަރަލް ކޯޓަށް ވަޑައިގެންދެއްވުމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ." ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އެއްފަރާތެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ބާ ކައުންސިލުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވަޑައިގަނެ "ބޭކާރު ވާހަކަ" ދައްކަވައި މައްސަލަ ދިގު ދެންމުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ދަޢުލަތުގެ ފަރާތުން ފަނޑިޔާރަށް ހުށަހަޅާފައި ނުވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސ. ފޭދޫ ޗަނބޭލީގޭ އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ ދުވަހުގެރޭ 2:46 ގައި އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާ ދީގެންނެވެ.

އޭނާ މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ މ. ތާއިފް އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން