ސްޓިމިއުލަސް ލޯން ސްކީމް
ސްޓިމިއުލަސް ލޯން ސްކީމް
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސުން ލޯން ސްކީމެއް އެކުލަވާލައިފިއެވެ. މިއީ 27 މޭ 2021 ވަނަ ދުވަހު ސަރުކާރުން އިއުލާންކުރި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރެވޭ ލޯން ސްކީމެކެވެ.

މި ބަލިމަޑުކަމާ ގުޅިގެން މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޯވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސަށް އެދިހުށަހެޅޭނެއެވެ. މިއީ 6 އިންސައްތަ ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެކެވެ. ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

20 ޖޫން 2021 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން މި ލޯނަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަމުންދާނެއެވެ. މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓުން ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން