ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީން ރާއްޖެއަށް އިތުރު އެހީ ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޔޫއޭއީގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް، އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނަރަލް، މުޙައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގައެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދުބާއީގައެވެ.

މިނިސްޓަރ ޝާހިދާއި އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނަރަލް އަލް ސުވައިދީ ބައްދަލު ކުރަށްވައި ދެއްކެވި ވާހަކައިގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދުއޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޔޫއޭއީގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މުހިއްމު މަޝްރޫޢުތަކާއި އަދި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.



މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފުރަތަމަ ފިޔަވަހީގެ ސަބަބުން އެސަރަޙައްދަށް ލިބިފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ. އަދި އޭޑީއެފްޑީގެ އެހީގައި އިތުރު އިންތިޒާމުތަކާއެކު އެ އެއަރޕޯޓުގެ ދެވަނަ ފިޔަވަހި ފެށިގެން ދިއުމުން އިތުރަށް ލިބިގެންދާނެ ކުރިއެރުންތާކާއި ފުރުސަތުތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓުން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު ޢަދާކުރައްވާފައެވެ. އަދި އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓްގެ ޑިރެކްޓަރ ޖެނަރަލްވެސް ވަނީ ކުރިއަށްއޮތްތަނުގައިވެސް ގާތް ބައިވެރިއެއްްގެ ހައިސިއްޔަތުން ރާއްޖެއަށް އޮހީތެރިކަން ފޯރުކޮސްދެމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން