ގުޅިފަޅު ތަރައްޤީކުރުމުގެ ޕްލޭނަށް ބަދަލު ގެނައުމަށްޓަކައި ފަށަންޖެހޭ މަޝްވަރާތައް ލަސްވާތީ މާލެ ސިޓީގެ މޭޔަރ މުހައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ގުޅިފަޅުގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ބޮޑު މަޝްރޫއަކަށް ބޮޑު ބަދަލެއް ގެންނަވާނެކަމަށް ރައީސް ސާލިހު ވިދާޅުވިކަމަށް، މެއި 27 ގައި ރައީސް ސާލިހާއެކު އޮތް ބައްދަލުކުރެއްވުމަށްފަހު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީގެ މޭޔަރ މުއިއްޒު މިއަދު ވިދާޅުވީ މާލެ ރައްޔިތުން އެދޭ ގޮތަށް ގެދޮރުގެ މަންޒިލަކަށް ގުޅިފަޅު ހެދުމަށްޓަކައި ރައްޔިތުން އެދޭ ގޮތަށް ގުޅިފަޅުގެ ޕްލޭން ބަދަލުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން މާލެސިޓީ ކައުންސިލާއެކު މަޝްވަރާތައް ފަށްޓަވާނެކަމަށް ވިދާޅުވިތާ 3 ހަފްތާ ވެއްޖެކަމަށެވެ. ނަމަވެސް އެމަޝްވަރާތައް އަދިވެސް ނުފެށޭކަމަށާއި، އެހެންކަމުން އެކަމާމެދު ހިތާމަކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.



ކުރީ ސަރުކާރުން ގުޅިފަޅުގައި ބޯހިޔާވަހިކަމަށް ގެދޮރު ދޫކުރުމަށް ނިންމާފައިވާއިރު، މިސަރުކާރުން ވަނީ އެ ޕްލޭން ބަދަލުކޮށްފައެވެ. އެގޮތުން މިސަރުކާރުން ތައްޔާރުވަމުންދަނީ ގުޅިފަޅުގައި މާލޭގެ ވިޔަފާރި ބަނދަރު ތަރައްޤީކޮށް ވިޔަފާރީގެ އެކި ކަންކަމަށް ގުޅިފަޅުގެ ބޮޑުބައި ބޭނުން ރުމަށެވެ. އަދި އެ ބަނދަރާއެކު، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބްރިޖަކުން ގުޅާލެވޭނެކަމަށް ސަރުކާރުން ވަނީބުނެފައެވެ. އެގޮތުން އެކަމާއި ގުޅޭ މަސައްކަތްތައް މިހާރު ކުރިއަށްދާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅިފަޅުގައި ބަނދަރު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފާއިވާއިރު އެތަނުން ކޮންމެވެސް ވަރަކަށް ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް ފަހުން ހައުސިންގ މިނިސްޓަރ ވިދާޅުވެފައި ވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން