ކޯވިޑް ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދިޔަ 68 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 68 އަަހަރުގެ އަންހެނަކު ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވެފައިވަނީ ރޭ ދަނވަރު 2:05 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއީ ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި 202 ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ 187 ދިވެހިންނާއި 17 ބިދޭސީންނެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 71،356 އަށް އަރާފައެވެ. އަދި ބުދަދުވަހުގެ އިރުއޮއްސި 6:00 އިން އިއްޔެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައިތިބި މީހުންގެ އަދަދު އުޅެނީ 6،930 ގައެވެ.

އިއްޔެ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 86 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 132 މީހުންނެވެ. މީގެތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 116 މީހަކު ހިމެނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 67 މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން