ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަންޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ގާނޫނީ ވަކީލު، އަލީ ހުސެއިން ވިދާޅުވީ، ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއްކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަންޖެހިދާނެ ކަމަށެވެ.



"ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް. އެއްވެ އުޅުމުގެ ޙައްގައްވެސް ވީ ހަމަ އެހެން." ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލަށް އިޝާރަތް ކުރައްވައި ކަމަށް ބެލެވެއެވެ. އެބިލް އޮތްގޮތުން ގާނޫނު އަސާސީ އިން ދިވެހި ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށް ބައެއް ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ.

ދީނީ ޢިލްމްވެރިންނާއި ބައެއް ސިޔާސީ ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައިވާ މި ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ދިރާސާކުރަމުން ގެންދާ މިބިލާމެދު ގޮތެއް ނިންމާނީ ކޮމިޓީން ގެންނަ އިސްލާހު ތަކަށްފަހު މަޖިލީހުގެ ތަޅުމުންނެވެ. އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންގެ ވިސްނުން ހުރީ މި ބިލު ފާސްކުރުމަށް ކަމަށްވާތީ ބިލަށް މާބޮޑު އިސްލާހެއް އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އާންމުން

22-Jun-2021

ތިޔައީ ހުށަހަޅަން ޖެހޭ ބިލެއް ނޫން. ތިބިލް ކެންސަލްކުރަން ގޮވާލަން



ޓްރެންޑިން