ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޅި ހިޔާ ފުލެޓްތަކަކީ އެ ސަރުކާރުން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް އަދި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ކުރީގެ ސަރުކާރުން ކޮތަރު ކޮށިތަކެއް ވަރުގެ ހިޔާ ފުލެޓްތަކުގެ އެޕާޓްމަންޓް ތަކެއް ފިނިޝިންއާއި ނުލައި ނިންމަން 62000 ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ހިޔާ ފުލެޓްތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އެޕާޓްމަންޓް ތަކެއް ފިނިޝިން ހިމަނައިގެން ޚަރަދުކޮށްފައިވަނީ 47000 ޑޮލަރު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



"މިއީ ހެޔޮވެރިކަން، މިޖަރީމާ ހިންގުމަށްފަހު މިއަދު މުއިއްޒު ވިދާޅުވަނީ އާންމު ރައްޔިތުންގެ ޖީބަށް ފޫބައްދައިދޭން ކުލި ކުޑަކުރަން." ހިޔާ ފުލެޓްތަކުގެ ކުލި ކުޑަކުރުމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަކާލާތު ކުރަމުންދާތީ އެކަމަށް އިޝާރަތް ކުރައްވައި ރޮޒައިނާ ވިދާޅުވިއެެވެ.

ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާތަކުގެ ދޮރު ހަރުކުރުމާއި ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ފްލެޓު ހަވާލު ކުރުމަށްފަހު އެ މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

ހިޔާ މަޝްރޫގެ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ތެރެއިން 5،603 ފްލެޓެއްގެ ގުރުއަތުލުން މީގެ ކުރިން ވަނީ ބާއްވާފައެެވެ. ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓުތަކުގެ އެއްބަސްވުމުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ޖުލައި މަހުގެ 14 ވަނަ ދުވަހު ފަށަން މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ކެކެކެ

22-Jun-2021

ކަލޭގެ ބަފައަކީވެސް މީހަކު ހިންގި ޖަރީމާއެއްނު. ޔާމީނުތަ އަނެއްކާ އެ ޖަރީމާވެސް ހިންގީ.


5

ޟައުލޫމާތު

22-Jun-2021

ކޮންމެ ސަތުކާރެން އަޔަސް އުޅެނީ ރައްޔިތުންގެ ލޭބޯންކަން އެބަ އިނގޭ ސަބަބަކީ ފުލެޓު އެޅުމުގެ ކުރިން އެއްވެސް ބަޔަކު އެފުލެޓުތަށް ރައްޔިތުންނަށް ދހެވޭނެ އަފެއް ކަނޑައަޅާ ެކަން ހާމަކޮށްފަ ނެތީމަ މިކަމުން ދޭހަވަނީ ރަނގަޅު އެއްވެސް ބަޔަކު ނެތްކަން މިދު މުއިއްޒު ތެޅިއެރުވުމުގެ ބޭނުމަކީ ކޮބާ ...ބާރުލިބިފަ އޮތްދުވަހުގަ ރަނގަޅަށް ކަންތައް ނުކޮށްހުރެ ކީކޭ އެކިޔަނީ ދެން


-6

ރިޔާޒުބެ

22-Jun-2021

ޔާމީނު ގަރަގެން ބޯފެ ބޯފެއިއަސް ބެނނަފެލެ މިކޯ މީދޫ ތިބި ކައުޅު މަރައި ހުސްވެގެއި .؟


6

ދޮންމުދިމު

22-Jun-2021

ރާއްޖޭގެ ރައްޔިތުންނަށާ ޚާއްޞަކޮށް މާލޭގެ ރައްޔިތުންނަށް ޔާމީން ސަރުކާރުން އަޅައިދީފައިވާ ހިޔާ ފްލެޓް ތަކަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށް ސިފަކުރަނީ އެފަދަ ކަމެއް މިހާރު މިއޮތް އެމްޑީޕީ ސަރުކާރަށް އެފަދަ އެއްވެސް ކަމެއް ނުކުރެވޭތީއެވެ. ތި ދައްކާ ވާހަކަ ދައްކާލަ ދައްކާލަ ހުންނާށެވެ. އެކޮތަރު ކޮށިތައް ހަދާފަ ހަވާލު ކުރީމައި އެއިގެ ހައްޤުވެރިންނަށް ހަވާލުވެސް ނުކުރެވުނު ބަޔަކަށް ދެން ކުރެވޭނެ އެހެން ކަމެއް އޮންނާނެ ތޯއެވެ؟ ތިދައްކާ އެއްވެސް ވާހަކައެއް ޤަބޫލު ކުރާނެ އެއްވެސް މީހަކު މިހާރު ދިވެހި ރައްޔިތުން ތެރޭ ނުވެއެވެ. ޚުދު އެމްޑީޕީ ގެ ގިނަމީހުންވެސް ތިކަން ކަން ޤަބޫލެއް ނުކުރެއެވެ.


-9

ޙާރިސް

22-Jun-2021

ރޮޒޭ ތިޔައީ މާލޭ މީހުން ތަމްސީލުކުރާ މީހެއްތަ? ބަލަ އައްޑޫގެ ކަންކަމުގެ ވާހަކަ ދައްކަބަލަ



ޓްރެންޑިން